logo
ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި އަލިފާން ރޯވެފައި، ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި އަލިފާން ރޯވެފައި، ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި

ސަފާރީއެއްގައި ރޯވެ ގެއްލުންތައް ވެއްޖެ!

profile

ރިޟްވާން މޫސާ - 09 މޭ 2026 - 13:38

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ގެއލުންތަކެއް ވެއްޖެ އެވެ.

https://wamco.com.mv/

މި ހާދިސާގެ މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި ދެ މީހުންގެ ހާލު ސީރިއަސް ކަމެއް އަދި ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިސޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ.

މި ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައި ވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެ އެވެ. މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 13:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 14:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk