ރާއްޖޭގައި ގަވައިދާ ޙިލާފަށް އުޅޭ ފަރާތްތައް 6 މަސްުވަހުގެ ތެރޭގައި ޑީޕޯޓް ކުރާނަން: ރައީސް

ރިޟްވާން މޫސާ - 09 މޭ 2026 - 13:39
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ 6 މަސް ތެރޭ ޑީޕޯޓް ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާ ކުރެއްވެވި ޕޯސްޓުގައި ބުނެފައި ވަނީ ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާ ނިމިފައިވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތް ކަމަށެވެ.
ރާޢްގޭގެ އާބާދީގައި ބޮޑު ބައެއް ގަވަިއދާއި ޙިލާފަށް ދިރިއުޅެމުން އަންނަ ކަން ފާހަގަ ކުރެވެ އެވެ. އެގޮތުން އެންމެ ގިނައިން ގަވައިދާ ޙިލާފަށް ދިރިއުޅެމުން އަންނަނީ ބަންގުލަދޭޝް ގެ ރައްޔިތުންކަން ފާހަގަކުރެވެއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ތިބެގެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.




.gif&w=3840&q=75)