
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ! ރައްކާތެރި ފިޔަވަޅު އަޅުއްވާ!

ރިޟްވާން މޫސާ - 09 މޭ 2026 - 12:33
ކުރިއަށް އޮތް ސައުވީސް ގަޑިއިރުގައި ރާއްޖޭގެ ހުރިހައި ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުރިހައި ފަރާތްތަކުން ވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވަނީ މިހާރު ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓު އޮފީހުން މިއަދު ވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 17:00 އާއި ހަމަޔަށް ހއ އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެންޑީއެމްއޭއިން ވަނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގުގުރައި ވިދާ ހޮނުއެޅުމުން ރައްކާތެރިކަން ހޯދުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.
ގެއްލުންތަކުން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މެޓް އޮފީހުން ފާހަގަކޮށްފައިވަނީ ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން، ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާ ގެންގުޅޭ ތަކެތި (ދޮންނަ މެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދުން އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުމާއި، ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތި ނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުން ހިމެނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އާއި ބެހޭގޮތުން ދޮގު ވާހަކަތައް ނުފަތުރާ: ޒަމީރު
17 މިނިޓު ކުރިން
ރާއްޖޭގައި ގަވައިދާ ޙިލާފަށް އުޅޭ ފަރާތްތައް 6 މަސްުވަހުގެ ތެރޭގައި ޑީޕޯޓް ކުރާނަން: ރައީސް
18 މިނިޓު ކުރިން
ސަފާރީއެއްގައި ރޯވެ ގެއްލުންތައް ވެއްޖެ!
18 މިނިޓު ކުރިން

ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)