
ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި

ރިޟްވާން މޫސާ - 09 މޭ 2026 - 12:19
ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެ އެވެ.
މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 13:22 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 14:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލް އާއި ބެހޭގޮތުން ދޮގު ވާހަކަތައް ނުފަތުރާ: ޒަމީރު
26 މިނިޓު ކުރިން
ރާއްޖޭގައި ގަވައިދާ ޙިލާފަށް އުޅޭ ފަރާތްތައް 6 މަސްުވަހުގެ ތެރޭގައި ޑީޕޯޓް ކުރާނަން: ރައީސް
27 މިނިޓު ކުރިން
ސަފާރީއެއްގައި ރޯވެ ގެއްލުންތައް ވެއްޖެ!
27 މިނިޓު ކުރިން

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ! ރައްކާތެރި ފިޔަވަޅު އަޅުއްވާ!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)