logo

ބީއެމްއެލް އާއި ބެހޭގޮތުން ދޮގު ވާހަކަތައް ނުފަތުރާ: ޒަމީރު

profile

ރިޟްވާން މޫސާ - 09 މޭ 2026 - 13:40

ބެންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި ބެހޭގޮތުން ހަގީގަތާއި ޙީލާފު ދޮގު ވާހަކަތައް ނުފެތުރުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

https://wamco.com.mv/

މޫސާ ޒަމީރު މިފަދައިން ވިދާޅުވެލެއްވި އިރު ބީއެމްއެލް އަށް ނިސްބަތްކޮށް ސޯޝަލް މީޑިޔާ ގައި އެކި ފަރާތްތަކުން ދަނީ ތަފާތު ދޮގު ޙަބަރުތައް ފަތުރަމުންނެވެ.

އެގޮތުން ބީއެމްއެލް އިން އޮންލައިން ވިޔަފާރި ތަކަށް ދޫކުރާ އީކޮމާސް ލިމިޓާއި، ޑޮލަރު ގަނެ ވިއްކުމާއި، ބީއެމްއެލް ނޮން-ޑީލް ރޯޑްޝޯ އާޢި ބެހޭގޮތުން ވެސް އެކި ފަރާތްތަކުން ދަނީ ވާހަތައް ދައްކަމުންނެވެ.

ޒަމީރު ވިދާޅުވީ ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބޭއްވި "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތަކަކީ، ދައުލަތުން ދަރަންޏަށް ފައިސާ ހޯދަން ހިންގާ ހަރަކާތެއް ނޫން ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވީ، ބީއެމްއެލްގެ ހަރަކާތަކީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމުގެ ނިޔަތުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.

ޒަމީރު ވިދާޅުވީ، ބީއެމްއެލްގެ މި ރޯޑްޝޯއަކީ އެ ބޭންކުގެ ކުރިއެރުން ދެމެހެއްޓުމަށާއި، ރާއްޖޭގެ އިޤްތިސާދީ ތަރައްޤީގެ ކުރިއަށް އޮތް މަރުހަލާއަށް ވިޔަފާރިތަކަށާއި އެކި އިންޑަސްޓްރީތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަދާކުރާ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު އިސްތިރާޖީ މަސައްކަތެއް ކަމަށެވެ.

މިދިޔަ މަހުގެ 29 އިން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ބީއެމްއެލްއިން ކުރިޔަށް ގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ"އަކީ، ސިލްސިލާކޮށް ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ބައްދަލުވުންތައް ބޭއްވީ، ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކުގެ ތެރެއިން ހިންގި މުހިންމު ހަރަކާތެއް ކަމަށެވެ. އެގޮތުން ހޯދުމަށް ކަނޑައެޅި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިއީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި، މިއީ ބޭންކަކީ ރާއްޖޭގެ އިޤްތިސާދަށް ނުހަނު މުހިންމު އަދި ހަރުދަނާ މުއައްސަސާއެއް ކަމަށްވާތީ ސަރުކާރުގެ ފުރިހަމަ އިތުބާރާއެކު، އެ ބޭންކުގެ ރައުސްމާލު އިތުރު ކުރުމަށް އެ ބޭންކުން ކުރާ މަސައްކަތެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk