.webp&w=3840&q=75)
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ

އާމިނަތު ޝަޒްލާ - 18 މޭ 2026 - 12:58
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސުން ބުނެފިއެވެ. ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށް އެމްއެންޑީއެފްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
މިމީހުންގެ ހަށިގަނޑު ހޯދުމަށް އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއެންޑީއެފްއިން ބުނީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ. އަދި ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށެވެ. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށެވެ.
އަދި މިމަސައްކަތުގައި އެހީވުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ރާއްޖެއަށް ވަނީ އައިސްފައެވެ. އެ ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ވިދާޅުވެފައެވެ.
ފިންލެންޑުގެ ޓީމުން އައީ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށްގެން ކަމަށާއި، މި އޮޕަރޭޝަނުގައި ކޯސްޓްގާޑާއި ފުލުހުންގެ ޚިދުމަތުގެ ޑައިވަރުންވެސް ހަރަކާތްތެރިވާނެކަމަށާއި، އެ ފަރާތްތަކުން ޑައިވްކުރާނީ ފިންލެންޑުގެ ޓީމަށް އެހީވުމަށް ކަމަށާއި، އަދި އެ ޑައިވަރުން ފުނަށް ޑައިވްނުކުރާނެ ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެެވެ.
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ވަގުތުން ކަނޑާއި ވައިގެ މަގުން ފެށިގެންދިޔައިރު، އެ މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، އޮޕަރޭޝަނުގެ ތެރެއިން ހާލު ދެރަވުމުގެ ސަބަބުން ނިޔާވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިފައިންގެ ތަމްރީނުގައި ބައިވެރިވި ކުދިން ތިބި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ
13 ގަޑިއިރު ކުރިން

ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް ފުރައިފި
15 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
15 ގަޑިއިރު ކުރިން

ރާއްޖެއާއި އިންޑިއާ ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ސެމިނާއެއް
21 ގަޑިއިރު ކުރިން


.gif&w=3840&q=75)