logo
ފޮޓޯ: އެމްވީކްރައިސިސް

ފޮޓޯ: އެމްވީކްރައިސިސް

ސިފައިންގެ ތަމްރީނުގައި ބައިވެރިވި ކުދިން ތިބި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ

profile

މުހައްމަދު މުޝްރިފް - 18 މޭ 2026 - 14:58

ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ މާފިލާފުށިން ފުރައިގެން ގިނަ އަދަދެއްގެ ކުދިންތަކަކާއެކު މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް މިއަދު ހަވީރު ހިނގައިފި އެވެ.

https://wamco.com.mv/

ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯހުގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި މި އުޅަނދު ހުޅުމާލެއާ ހިސާބަށް ފޯރިތަނާހެން ފަޅައިގެން ގޮސް، ލޯންޗަށް ބޮޑަަށް ދިޔަވެ އަޑިއަށް ދާން ފެށުމުން އޭގެއިން ދަތުރުކުރި ކުދިން ވަނީ ކަނޑަށް ބާލާފަ އެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ގާތްގަނޑަކަށް 60 އަށް ވުރެ ގިނަ އަންހެން ކުދިން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

​މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުންގެ މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފަ އެވެ. ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް ކައިރިން ހިނގި މި ހާދިސާގައި ކަނޑުވި ކުދިންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެއަށް ގެނެސްދީފަ އެވެ. އަދި ކަނޑުވި އެހެން ކުދިން އެހެން ލޯންޗުތަކަށް ނަގައިގެން މާލެއަށް ބޭލުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

​މީސްމީޑިއާގައި އާންމުވެފައިވާ މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗުގެ ބޮޑު ބައެއް ވަނީ ކަނޑުގެ އަޑިއަށް ގޮސްފަ އެވެ. އަދި އޭގެއިން ދަތުރުކުރި ގިނަ އަދަދެއްގެ ދިވެހި ކުދިން ލައިފްޖެކެޓް އަޅައިގެން ކަނޑުމަތީގައި ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެރިން ޕޮލިސްގެ ދެ ލޯންޗަކުން ވެސް ކުރަމުންދާއިރު، ހާދިސާގެ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk