logo

ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

profile

އާމިނަތު ޝަޒްލާ - 18 މޭ 2026 - 12:59

ކަނޑުމަގުން ވަގަށް ރާއްޖެއަށް އެެތެރެ ކުރަން އުޅުނު 2.3 މިލިއަނަށްވުރެއް ގިނަ ސިނގިރޭޓް، އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ބުނެފއެވެ.

https://wamco.com.mv/

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުންނެވެ. މި އޮޕަރޭޝަނުގައި އަތުލައިގެންފައި ވަނީ ޖުމްލަ 2,304,200 ސިނގިރޭޓު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި އާއްމުކޮށް ސިނގިރޭޓެއް ވަކިން ވިއްކާ އަގަށް ބަލާއިރު، ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓުގެ އަގު 32 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.

ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށާއި، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބަނދަރުތަކުން އެތެރެކުރާ މުދާތައް ވަރަށް ފަރުވާތެރިކަމާއެކު ބަލައި ފާސްކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk