
ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް ފުރައިފި

އާމިނަތު ޝަޒްލާ - 18 މޭ 2026 - 12:59
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ތިންވަނަ ގުރޫޕު މިއަދު ފުރައިފިއެވެ.
މި ފްލައިޓުގައި 250 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފަ އެވެ. ފުރަތަމަ ފްލައިޓުގައި 238 މީހުން ފުރާފައިވާއިރު، ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެއެވެ. ހައްޖުވެރިންގެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ 252 ހައްޖުވެރިންނެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ 238 މީހުންނާއި އިއްޔެ ފުރި 260 ހައްޖުވެރިން މިހާރު ތިބީ ސައުދީގައެވެ. މި އެންމެންގެ ވެސް ހާލު ރަނގަޅެވެ.
މިއަދު މައްކާއަށް ދާ ތިންވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. މިއަހަރު ވެސް ދިވެހި ހައްޖުވެރިން މާލެއިން މައްކާއަށް ފުރަނީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސައުދީގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިފައިންގެ ތަމްރީނުގައި ބައިވެރިވި ކުދިން ތިބި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ
13 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
15 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ
15 ގަޑިއިރު ކުރިން

ރާއްޖެއާއި އިންޑިއާ ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ސެމިނާއެއް
21 ގަޑިއިރު ކުރިން


.gif&w=3840&q=75)