
ރާއްޖެއާއި އިންޑިއާ ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ސެމިނާއެއް

އާމިނަތު ޝަޒްލާ - 18 މޭ 2026 - 07:29
ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ބާއްވައިފިއެވެ. މި ސެމިނާ ބާއްވާފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެންނެވެ.
މި ސެމިނާ ޝަރަފުވެރިކޮށްދެއްވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ.
މި ސެމިނާގެ ތެރެއިން ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންއެއް ހުށަހަޅައިދީފައިވެއެވެ.
މި ސެމިނާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ޖީ.ބާލަސުބްރަމާނިއަން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ގެއިތުރުން، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި، ތައުލީމީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ގުޅުންތަކާއި، އުމްރާނީ ތަރައްގީއާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ތާރީހީ އަދި ސަގާފީ ގުޅުންތަކާއި، ސިއްހީ ހިދުމަތުގެ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް ވަނީ މި ސެމިނާގައި ވާހަަކަދައްކާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި
2 ގަޑިއިރު ކުރިން

އަންނަ އަހަރުގެ ނިޔަލަށް އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ: އެސްޓީއޯ
4 ގަޑިއިރު ކުރިން

މޯލްޑިވިއަން މެދުވެރިކޮށް އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެޤައުމުން 11،000 ފަތުރުވެރިން ގެނެވޭނެ: މޯލްޑިވިއަން
5 ގަޑިއިރު ކުރިން

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
15 ގަޑިއިރު ކުރިން


.gif&w=3840&q=75)