
މޯލްޑިވިއަން މެދުވެރިކޮށް އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެޤައުމުން 11،000 ފަތުރުވެރިން ގެނެވޭނެ: މޯލްޑިވިއަން

އާމިނަތު ޝަޒްލާ - 18 މޭ 2026 - 04:57
އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު ރާއްޖެއަށް އަހަރެއްގެތެރޭ 11،000 ފަތުރުވެރިން އެޤައުމުން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކޮށްފިއެވެ.
އޮސްޓްރޭލިއާއަށް ދަތުރު ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށާއި، މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށާއި، މި ދަތުރުތައް ކުރަނީ، އޮސްޓްރޭލިއާގެ މެލްބަންއިން ރާއްޖެއަށް ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ހަފުތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަވެއެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށާއި، އެގޮތުން ފްލައިޓްތައް މިހާރުވެސް %50 ފުލްވެފައިވާ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ފާހަގަކުރާ ގޮތުގައި މި ދަތުރުތަކާއިއެކު ދައުލަތުގެ ޓެކްސް އާމްދަނީވެސް އިތުރު ވެގެންދާނެ ކަމަށެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

އަންނަ އަހަރުގެ ނިޔަލަށް އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ: އެސްޓީއޯ
2 ގަޑިއިރު ކުރިން

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
13 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
13 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ ވަކިކޮށްފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)