
ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

އާމިނަތު ޝަޒްލާ - 17 މޭ 2026 - 18:08
ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. މިއީ، ސޭޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިއީ، ސޭޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ބެރީ ފޯރ ވަނީ، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެއްވިއެވެ. މީގެ އިތުރުން ބެރީގެ ދަތުރުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު ކުރު މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވި "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުން، ދެ މިނިސްޓަރުން ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
10 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ ވަކިކޮށްފި
11 ގަޑިއިރު ކުރިން

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް ހޮވިވަޑައިގެންފި
11 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް ރައީސް މަރުޙަބާ ދަންނަވައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)