
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް ހޮވިވަޑައިގެންފި

އާމިނަތު ޝަޒްލާ - 17 މޭ 2026 - 18:07
އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށްފަހު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު މީކާއިލް މުހައްމަދު ރިޔާޒް ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ހަތަރު ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ. މީކާއިލް ވަނީ ހަތް ވޯޓު ހޯއްދަވައިފައެވެ. އޭނާއާ ވާދަކުރެއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާއަށް ފަސް ވޯޓު ލިބިފައިވާއިރު، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން ދެ ވޯޓު، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ އަށް ވަނީ ދެ ވޯޓު ލިބިވަޑައިގެންފައެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް މީކާއިލް ހޮވުމަށް އެމްޑީޕީން ވިޕްލައިނެއް ނެރުނެވެ. އަދި އޭގެފަހުން ބޭއްވި ސިޓީ ކައުންސިލްގެ އާ ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާގައި މީކާއިލްގެ ނަން އެކަނި ހުށަހެޅުމުން އިތުރު ވޯޓަކާ ނުލައި އޭނާ ވަނީ އެ މަގާމަށް ހޮވިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 18 ކައުންސިލަރުން ތިއްބަވައެވެ. އޭގެ ތެރެއިން މޭޔަރާއެކު 15 ބޭފުޅުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ. ބާކީ ތިއްބެވި ދެ ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލަރުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު މެމްބަރުން ވަނީ މިއަދު ހެނދުނު މަގާމުގެ ހުވާ ކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ހޮވުނު މެމްބަރުން ވަނީ މަގާމުގެ އިގްރާރުގައި ސޮއިކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
10 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
11 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ ވަކިކޮށްފި
11 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް ރައީސް މަރުޙަބާ ދަންނަވައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)