
އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ ވަކިކޮށްފި

އާމިނަތު ޝަޒްލާ - 17 މޭ 2026 - 18:08
Share
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަންކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ޝަމްހޫޒާ އަހުމަދު ވަކިކޮށްފިއެވެ.
ޝަމްހޫޒާ މަގާމުން ވަކިކޮށްފައިވާކަން އިއުލާނުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. ނަމަވެސް އެ މަގާމުން ޝަމްހޫޒާ ވަކިކުރި ސަބަބެއް ނުބުނެއެވެ. ޕީސީބީން ބުނީ ފެން ކުންފުނީގެ ޗެއާމަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން މިއަދުން ފެށިގެން ޝަމްހޫޒާ ވަކިކޮށްފައިވާ ކަމަށެވެ.
ޝަމްހޫޒާ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ މާލޭ ސިޓީކައުންސިލްގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ވެސް އޭގެ ކުރިން އޭނާ އަދާކުރެއްވިއެވެ.
އެ މަގާމަށް ޝަމްހޫޒާ އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
10 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
11 ގަޑިއިރު ކުރިން

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް ހޮވިވަޑައިގެންފި
11 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް ރައީސް މަރުޙަބާ ދަންނަވައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)