
ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް ރައީސް މަރުޙަބާ ދަންނަވައިފި

އާމިނަތު ޝަޒްލާ - 17 މޭ 2026 - 14:43
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ. މި ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި، 343 ދަރިވަރުން ދަސްވެނިވެފައިވަނީ މިއަދުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް މަރުޙަބާ ދަންނަވާ ކަމަށާއި، ދަސްވެނިވި ދަރިވަރުންގެ ތެރެއިން 112 ރަށަކުން 343 ދަރިވަރުން ހިމެނޭ ކަމަށެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމި ދަރިވަރެއް
މީގެ ތެރެއިން 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނެއެވެ. މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނެއެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
10 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
10 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީގެ ޗެއާމަން ޝަމްހޫޒާ ވަކިކޮށްފި
11 ގަޑިއިރު ކުރިން

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް ހޮވިވަޑައިގެންފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)