logo

އަންނަ އަހަރުގެ ނިޔަލަށް އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ: އެސްޓީއޯ

profile

އާމިނަތު ޝަޒްލާ - 18 މޭ 2026 - 05:45

މިއަންނަ އަހަރުގެ ނިޔަލަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، ގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝިމާދު މިފަދައިން ވިދާޅުވީ އެސްޓީއޯގެ އަހަރީ އަންމު ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. ޝިމާދު ވިދާޅުވީ އެސްޓީއޯއިން މިހާރު މަސައްކަތް ކުރަނީ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ދަށުން ކަމަށެވެ. އަދި މި ޕްލޭނަކީ އެކުންފުނީގެ ހިއްސާދާރުންގެ މަޝްވަރާގެ މަތިން އެކުލަވާލި ޕްލޭނެއް ކަމަށެވެ. މި ޕްލޭންގެ ދަށުން 2030 ވަނަ އަހަރާއި ހަމައަށް ވިޔަފާރިއާއި އާމްދަނީ ފުޅާކުރާނެ ގޮތާއި އަދި އެނޫންވެސް ކަންކަން ހިމެނޭހެން ސްޓްޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯގެ ފަސް އަހަރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެސްޓީއޯއިން އެތެރެކުރާ މުދަލުގެ އެވައިލަބިލިޓީ %90 އިން %98 އަށް އިތުރުކުރުމާއި، ކާބަން އެމިޝަން 30 އިންސައްތައަށް ކުޑަކުރުމާއި، އައު ވިޔަފާރިތަކުން ލިބޭ އާމްދަނީ އަހަރުން އަހަރަށް %5 އިތުރުކުރުން، އަދި ހިއްސާދާރުންގެ ރައުސުލްމާލު ހިމާޔަތް ކުރުމަށް އިކުއިޓީ %15 ވުރެ ދަށް ނުކުރުމެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިލަނޑުދަނޑިތައް ހާސިލްކުރުމާއެކު އާމްދަނީން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން މިއަހަރު އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާ ބަލައި އިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk