
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި

އާމިނަތު ޝަޒްލާ - 18 މޭ 2026 - 07:28
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން މިއަދުން ފެށިގެން ޔޫސުފް ވަހީދު ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައިވާއިރު،ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑު މެންބަރެއްގެ މަގާމަށް އައްޔަނު ކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
2024 ވަނަ އަހަރު ޑިސެމްބަރު މަހުގައި އެޗްޑީސީގެ ބޯޑާ ގުޅޭގޮތުން ހިންގި ތަހުގީގަކާ ގުޅިގެން، ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދާއި ޔޫސުފް ވަހީދު ހިމެނޭހެން ބޯޑުގެ ހުރިހާ މެންބަރުން ވަގުތީގޮތުން ސަސްޕެންޑް ކުރެވުނެވެ. ނަމަވެސް، އޭގެ ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސައިކަލެއް ކަހާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
6 ގަޑިއިރު ކުރިން

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސްޓޭބަލް ކަނޑައަލައިފި
10 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްގެ ބޯޑުތައް ނަގައިފި
12 ގަޑިއިރު ކުރިން

120 އަށްވުރެ ގިނަ ބައިވެރިންނާއެކު ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި
12 ގަޑިއިރު ކުރިން


