
ސައިކަލެއް ކަހާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މުޙައްމަދު ފަޟްލޫން - 08 އޮކްޓޯބަރު 2026 - 17:17
ބްރިޖް ހައިވޭ މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަަޅީގައި ސައިކަލެއް ކަހާލައިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު 8 ވަނަ ދުވަހު (މިއަދު) ހަވީރު 16:55 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިލަކެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެފައިވާއިރު އެމީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އަންހެނެއްގެ އަތް ބިންދައިގެން ގޮސް އިތުރު އަނިޔާ ވެފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސްޓޭބަލް ކަނޑައަލައިފި
9 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްގެ ބޯޑުތައް ނަގައިފި
11 ގަޑިއިރު ކުރިން

120 އަށްވުރެ ގިނަ ބައިވެރިންނާއެކު ބްރެސްޓް ކެންސަރ އެވެއަރނެސް ސިންޕޯސިއަމް ފަށައިފި
11 ގަޑިއިރު ކުރިން

ރައްުޔިތުން މިސްލީޑުކުރުމަކީ ރައީސް އަކަށް ހުންނަ މީހާއަށް އޮތް ލައިސެންސެއް ނޫން: ރައީސް ޔާމީން
12 ގަޑިއިރު ކުރިން


