logo
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ރައްުޔިތުން މިސްލީޑުކުރުމަކީ ރައީސް އަކަށް ހުންނަ މީހާއަށް އޮތް ލައިސެންސެއް ނޫން: ރައީސް ޔާމީން

profile

މުޙައްމަދު ފަޟްލޫން - 08 އޮކްޓޯބަރު 2026 - 10:31

ރައްުޔިތުން މިސްލީޑުކުރުމަކީ ރައީސް އަކަށް ހުންނަ މީހަކަށް އޮންނަ ލައިސެންސެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އައްޑޫ ސިޓީ ހިތަދޫގައި ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ކައިރިއަށް އައިސް ދައްކާ ވާހަކައިގައި އަގެއް އަދި އޮއްޓަރެއް ހުންނަންވާނެ ކަމަށެވެ.

އައްޑޫ ސިޓީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގެން ރައްޔިތުން ކައިރީގައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިތާ 3 އަހަރު ވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ނަމަވެސް އައްޑޫ ސިޓީ އިން އެމަނިކުފާނާއި ދިމާވި އެންމެ ބޭފުޅަކު ވެސް ރައީސް މުއިއްޒު ކޮށްދެއްވި ރަނގަޅު ކަމެއްގެ ވާހަކަ ވިދާޅުވެފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަޑު އިވެނީ ނަފްރަތާއި ރުޅިވެރިކަމުގެ ޝުއޫރުތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންގެ ކައިރީގައި ދައްކަވާ ވާހަކަ އެނގިވަޑައިގެން ތަކުރާރު ކޮށް އެކަމާ އަޅައިނުލައްވާ ހުންނަވާނަމަ އެކަމަކީ ބޮޑު މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ނޭނގޭނަމަ ކަންކުރަން އެނގޭ މީހުންތަކެއް ގޮވައިގެން އުޅުމަށް ރައީސް ޔާމީން ވަނީ މިސަރުކާރަށް ގޮވާލައްވާފައެވެ.

މިސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ނިކަމެތިވެ ބިކަވެގެންދާއިރު އެކަމަކީ ގަސްތުގައި ރައްޔިތުން ނިކަމެތިކޮށް ބިކަ ކުރަން މިސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319