logo

ޕޭޕަލް ރާއްޖެއަށް ތައާރަފް ވެއްޖެ! ޙިދުމަތް ބޭނުންކުރަން އެނގޭތަ؟

profile

ރިޟްވާން މޫސާ - 19 ޖޫން 2026 - 08:22

އުރީދޫ އެމްފައިސާ މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތަށް ރާއްޖެއަށް ޕޭޕަލް ތައާރަފް ކުރުމުން ވިޔަފާރިވެ ވެރިންނާއި، ކޮންޓްރެކްޓަރުންގެ ތައުރީފް ލިބެންފަށައިފި އެވެ.

https://wamco.com.mv/

ދިވެހިން އެތައް ދުވަހެއް ކުރިން ފެށިގެން ކުރަމުންދިޔަ ދިގު އިންތިޒާރަށް ނިމުން އައުމަށްފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖޭގެ މާލީ ބާޒާރަށް ރަސްމީކޮށް އޫރީދޫ ފިންޓެކް ކުންފުނީން ވަނީ ތަޢާރަފުކޮށްފަ އެވެ. މި ޚިދުމަތް ތަޢާރަފުކުރީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، "އެމްފައިސާ" އާ ޕޭޕަލް ގުޅާލުމަށް ފަހުގައެވެ.

undefined

މިއީ ރާއްޖޭގައި ކުރެވޭ އޮންލައިން މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ ބޮޑު ކުރިއެރުމެކެވެ. މިފަދަ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަޤްވާމީ މާކެޓުތަކާއި ހަމައަށް ވާސިލުވުމުގައި އޮތް ދަތިތަކެވެ. ބޭރުން ލިބޭ ޑޮލަރު އަތަށް އެރުމަށް އޮންނަ ހުރަސްތަކެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރި މަސައްކަތުން އުރީދޫއިން މިހާރު ވަނީ، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކޮށްފައެވެ.

undefined

ޕޭޕަލް ނުވަތަ ޑިޖިޓަލް ވޮލެޓެއްގެ ސިފައިގައި މި ޕްލެޓްފޯމް ރާއްޖެއަށް ތައާރަފް ކުރަން ވަނީ އެހެން ވެރިކަން ތަކުގައިވެސް އެކި ފަންތީގައި މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މި ކަމަކަށް އަމަލީ ސިފައިއެއް ނުލިބި އޮއްވައި މިސަރުކާރުން މިވަނީ އެކަން ހަގީގަތަކަށް ހަދައިދެއްވައި މި މަހުގެ 15 ވަނަ ދުވަހު ރަސްމީ ގޮތެއްގައި ރާއްޖެއަށް ޕޭޕަލް ތައާރަފްކުރައްވައި ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވާފަ އެވެ.

undefined

ސަރުކާރުގެ އަމާޒަކަށްވީ މިކަން ކުރުމަށް ހުރި ނިޒާމީ ހުރަސްތައް ނައްތާލުމެވެ. ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމްފައިސާ އެކައުންޓެއް ހުޅުވޭ ކަމެވެ. އަދި އެ މީހެއްގެ ޕޭޕަލް އެކައުންޓް އެމްފައިސާ އެކައުންޓާއި ލިންކް ކޮށްލުމުން ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދެވޭނެއެވެ. ސަރުކާރުން 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ޕޭޕަލްގެ އިސްވެރިންނާއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. މިކަމާއި ގުޅޭ ފުރިހަމަ ޕްރޮޕޯސަލެއްވެސް ސަރުކާރުން ސެޕްޓެންބަރު މަހު ހުށަހަޅާފައިވެއެވެ.

މި އާ ޕާޓްނާޝިޕްގެ ދަށުން ދިވެހި އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ޑޮލަރު ބަލައިގަތުމާއި، ރާއްޖޭން ބޭރަށް ޑޮލަރު ފޮނުވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކުން ފައިސާ ހޯދުމުގައި ދިވެހި ޒުވާނުންނަށް ކުރިމަތިވަމުންދިޔަ ހުރަސްތަކަށް މިއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

undefined

ޕޭޕަލްގެ ސަބަބުން ފްރީލާންސް މަސައްކަތްތެރިންނާއި، އަމިއްލަ އުފެއްދުންތެރިންނާއި އަދި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުތަކާ ގުޅާލުމަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.

ރާއްޖޭގެ ވިޔަފާރި ތަކަށް އަދިން ހާއްސަކޮށް މުޅިން އަލަށް ރާޢްޖެއަށް މިފަދަ ޙިދުމަތެއް ތައާރަފް ވެގެން ދިއުމަކީ މި ޙިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަދެ މީ ކިހިނެއް ވާ ޙިދުމަތެއްތޯ ބެލުން ނުވަތަ މި ޙިދުމަތް ބޭނުން ކުރަންވީ ކިހިނެއްތޯ ބެލުން މިއީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

undefined

ޕޭޕަލްގެ ޙިދުމަތް ރާއްޖެއަށް ތައާރަފް ވި ހިސާބުން ވަރަށް ގިނަ ބަޔަކު ހާއްސަ ގޮތެއްގައި ޒުވާނުންގެ މެދުގައި ކުރަމުން އަންނަ ސުވާލެކެވެ. ޕޭޕަލް ޓެސްޓްކޮށްފިން ހެއްޔެވެ؟ އުރީދޫ އެމްފައިސާ މެދުވެރިކޮށް ބޭނުންކުރެވޭ ގޮތަށް ތައާރަފް ކޮށްފައިވާ ޕޭޕަލް ބޭނުން ކުރުމުގައި ވިސްނާލަންޖެހޭ މުހިންމު ކަމެއްވެސް އެބަ އޮތެވެ. އެއީ މި ޙިދުމަތް ހޯދުމުގައި ޚިދުމަތް ހޯދުމަށް ޕޭޕަލް އީމެއިލްއާއި އެމްފައިސާ އީމެއިލް އެއްގޮތްވާންޖެހުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk