
އަޟްޙާ ޢީދުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

އާމިނަތު ޝަޒްލާ - 27 މޭ 2026 - 04:15
އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ. އެކަމަނާ އަޟްޙާ ޢީދުގެ ތަހުނިޔާގެ ފޮނުއްވާފައިވަނީ، އަޟްޙާ ޢީދާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމްގެ ޕޯސްޓުގައި ވަނީ، މިދުވަހަކީ ލޯތްބާއި ކުލުނުން ފުރިގެންވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބަރަކާާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު ކަމަށާއި، އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަން ޖެހޭ ކަމަށާއި، މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށާއި، ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން: ރައީސް ނަޝީދު
8 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި
8 ގަޑިއިރު ކުރިން

ޝަހްޒާން ދޫކޮށްލައިފި
9 ގަޑިއިރު ކުރިން

ލ. ގަމުގައި ކަރަންޓު ޖެހި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް، އިތުރު ފަރުވާއަށް މާލެ ގެންނަނީ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)