logo

ޝަހްޒާން ދޫކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 27 މޭ 2026 - 09:24

ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ޖަލަށްލުމަށް ހުކުމްކުރި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން، ހުކުމުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު މިނިވަންވެއްޖެއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެގެން ޝަހްޒާންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ މިއަދު ދޫކޮށްލާފައިވަނީ ހުޅުމާލެ ޖަލުންނެވެ.

އޭނާ ޖަލުން ނުކުތް ވަގުތު އާއިލާގެ ގިނަ ބަޔަކު ޖަލު ސަރަހައްދަށް އެއްވެ އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ.

މި މައްސަލައިގައި "އަދަދު" ނޫހުގެ އަނެއް ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ މައްޗަށް އިއްވި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިނިވަންވެފައެވެ.

މި ނޫސްވެރިންގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ، "އަދަދު" ނޫހުން އުފެއްދި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބަލައިގެންނެވެ.

އެގޮތުން ލީވާންގެ މައްޗަށް ހުކުމްކުރީ އެ އަމުރާ ގުޅޭ ޚަބަރެއް ޝާއިއުކުރި ގޮތުންނެވެ.

ޝަހްޒާންގެ މައްޗަށް ހުކުމްކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑުނު ކަމަށް ނިންމުމަށްފަހުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk