
އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 27 މޭ 2026 - 10:35
އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕާޓީން ވަކިވުމަކީ އެންމެ މެމްބަރަކު ވެސް އެދޭ ގޮތެއް ނޫން ކަމަށާއި ވީހާވެސް ގިނަ ބޭފުޅުން އެމްޑީއާ ގުޅުމަކީ އެމަނިކުފާނުގެ އަމާޒުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާރޕާސްން އިންތިހާބުގެ ކެމްޕޭނު ހަރަކާތެއްގައި އާންމުންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު އެމަނިކުފާނު ފަސޭހަ ކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އިންތިހާބުގެ ފަހުން ވެސް ޕާޓީއަށް މެންބަރުން އިތުރުކުރުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ބޭފުޅަކު އެއްވެސް ސަބަބަކާހުރެ އެމްޑީޕީން ވަކިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ ވާދަވެރި ކެނޑިޑޭޓް ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭމް ޓީމުން ކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ. އެގޮތުން އިތުބާރު ޓީމުން ތުހުމަތު ކުރާ ގޮތުން ރައީސް ނަޝީދު ޗެއަރޕާސަންއަކަށް ވެވަޑައިގެންފިނަމަ ގިނަ ބަޔަކު އެމްޑީޕީ ދޫކޮށްދާނެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

"ރިޒާވްގައި ދެ ހަފުތާގެ އިމްޕޯޓަށް ވާވަރަށް ވެސް ޑޮލަރެއް ނެތް، މި ސަރުކާރު ހިންގަނީ އެއްވެސް އަމާޒެއް ނެތި"
15 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!
15 ގަޑިއިރު ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް ރާއްޖެ އަންނަނީ
15 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުނުކުރަން އެޗްއާރުސީއެމުން އެދިއްޖެ
15 ގަޑިއިރު ކުރިން


