logo
މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތެއްގެ ތެރެއިން،، ފޮޓޯ: މާލެ ސިޓީ ކައުންސިލް

މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތެއްގެ ތެރެއިން،، ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!

profile

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 18:16

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

https://wamco.com.mv/

މާލޭ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ހިނގާ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން، އަންނަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް އުމުރުފުރާގެ އެއް ގޮފީގައެވެ. ދެ މުބާރާތުގައި ވެސް ބައިވެރިވެވޭ އުމުރުފުރާތަކަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މީގެ ތެރެއިން ޖޫނިއަރ ގްރޫޕުގައި 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭއިރު، ސީނިއަރ ގްރޫޕުގައި ހިމެނެނީ 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މި މުބާރާތުގެ ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމާއި މަދަޙަ ކިޔުމަށް އިންސާފުނުކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެ އުމުރުފުރާގެ ބައިވެރިންނަށް ޚަތިމުން ބޭނުން ކޮންމެ ތަނަކުން ފަހަކާއި ހަތް ފޮޅުވަތާ ދެމެދުގެ މިންވަރެއް ކިޔެވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

މި މުބާރާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ ކޯލް ސެންޓަރު ނަންބަރު 1622 އަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.

https://wamco.com.mv/
tel:+9607331319