
ފިނޭންސް މިނިސްޓްރީ
މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

މުޙައްމަދު ފަޟްލޫން - 27 މޭ 2026 - 10:34
މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާއްމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ 1 އިން މެއި 14 ގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖުމްލަ 923 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ފަންޑަށް ޖަމާކުރި 776 މިލިއަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް ލޯނުތައް އަނބުރާ ދެއްކުމަށް 8.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދަރަނި ދެއްކުމަށް ހޭދަކުރި 2.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 244 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުން މިހާތަނަށް ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކާފައިވާއިރު، މިއީ އެކި ދުވަސްވަރު މަތިން ނަގާފައިވާ، މިއަހަރު މުއްދަތު ހަމަވާ ދަރަނިތަކެކެވެ.
މީގެ ތެރޭގައި 2021 ވަނަ އަހަރު ދައުލަތުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ.
މި ދަރަނިތައް އަދާކޮށްފައިވަނީ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެންނެވެ.
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައި ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގްތިސާދީ ލޮޅުންތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ޚާއްޞަކޮށްފައިވާ ފަންޑެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
13 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
14 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)