
ލ. ގަމުގައި ކަރަންޓު ޖެހި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް، އިތުރު ފަރުވާއަށް މާލެ ގެންނަނީ

އާމިނަތު ޝަޒްލާ - 27 މޭ 2026 - 08:31
ލ. ގަމުގައި ކަރަންޓު ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް ޓަކައި މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިއަދު މާލެއަށް ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައެވެ. އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވުނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ އިމަރޖެންސީގައި ކުއްޖާއަށް ފަރުވާ ދޭން ފެށި ނަމަވެސް، ކަރަންޓުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތައް ބޮޑުވެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ވަނީ ވެންޓިލޭޓަރަށް ބަދަލުކޮށްފައެވެ. އަދި އިތުރު ފަރުވާއަށް މިއަދު ވަނީ މާލެއަށް ފޮނުވާލައިފައި ކަމަށް މައުލޫމާތު ލިބެއެވެ.
އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު، ލަސްކުރުމެއް ނެތި ފަރުވާގެ ކަންކަން ވަގުތުން ފެށުމަށް ޓަކައި ހޮސްޕިޓަލުގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން: ރައީސް ނަޝީދު
ގަޑިއިރެއް ކުރިން

މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި
ގަޑިއިރެއް ކުރިން

ޝަހްޒާން ދޫކޮށްލައިފި
2 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސް: މެޓް އޮފީސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)