
އޮޔާދިޔަ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 17:05
އޮޔާދިޔަ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:26 ހާއިރު ފުލުހުންގެ ލޯންޗް 54 އަށް ކ އަތޮޅު ރިސޯޓަކުން ސްނޯކްލިންގ އަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށެވެ.
ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާގޮސްފައި ވަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައެވެ.
ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އޭއައި ތަޢާރަފުކުރުމަށް ނިންމައިފި
4 ގަޑިއިރު ކުރިން

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
6 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
6 ގަޑިއިރު ކުރިން

އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާ ގެ ދަށަށް ބަދަލުކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)