
ޗައިނާގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އޭއައި ތަޢާރަފުކުރުމަށް ނިންމައިފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 14:20
ޗައިނާގެ ސްޓޭޓް ކައުންސިލުން އަލަށް އެކުލަވާލި ފަސް އަހަރުގެ މާސްޓަރ ޕްލޭންގެ ދަށުން، ފެށޭ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމާ ހަމައަށް، ތަޢުލީމީ ނިޒާމުގެ ހުރިހާ މަރުހަލާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނުމަށް އެގައުމުން ނިންމައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އާއްމުކުރި މި ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި އޭއައިއަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، މި ޓެކްނޮލޮޖީ ދެނެގަތުމަށާއި، ދިމާވާ އެކި މައްސަލަތައް ދެނެގަނެ، އޭއައިގެ އެހީގައި އެކަންކަމަށް ޙައްލު ހޯދަން ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ތައުލީމީ ހުރިހާ ފަންތިއެއްގައި ކުރަންޖެހޭނެ ކަމެއް ކަމަށް މި ޕްލޭންގައި ބަޔާންކޮށްފައިވެއެވެ.
ޗައިނާގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ މި ޕްލޭންގެ ދަށުން، ސައިންޓިފިކް ވިސްނުމާއި އުފެއްދުންތެރިކަމަށް އިސްކަންދިނުމުގެ އިތުރުން، ތަޢުލީމާއި ދިރާސާ އަދި ސިނާޢީ ދާއިރާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބޮޑު އިސްކަމެއް ދެވޭނެއެވެ.
އިމްތިހާނުތައް ބޭއްވުމާއި، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އިތުރުން ސްކޫލްތަކުގެ އިދާރީ ހިންގުމުގައި އޭއައި އާއި ބިގް ޑޭޓާ ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް މި ޕްލޭންގައި ބާރުއަޅާފައިވެއެވެ.
މިކަންކަމާއެކު، އޭއައި ބޭނުންކުރުމުގައި ގެންގުޅެންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޗައިނާގެ ބައެއް ތަޢުލީމީ މުއައްސަސާތަކުން މިހާރުވެސް ދަނީ ކިޔަވައިދިނުމުގެ ތެރޭގައި މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ އެންމެ ފައިދާހުރި ގޮތްތައް ތަޖުރިބާކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޔާދިޔަ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފި
6 މިނިޓު ކުރިން

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
4 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
4 ގަޑިއިރު ކުރިން

އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާ ގެ ދަށަށް ބަދަލުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)