
ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:47
ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް ސިންގަޕޯ ގްރޭންޑް ޕްރީ" ބަލާލުމުގެ ރަން ފުރުސަތު ހުޅުވާލައި، ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް (ކޮންވެންޝަނަލް ނުވަތަ އިސްލާމިކް) ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށްވެސް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު ބައިވެރިއަކާއެކު މި ތަފާތު ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
ފޯމިއުލާ 1 ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އިވެންޓަށް ވަދެވޭ ގޮތަށް "އެމެކްސް ސްކައި ސޫޓް" ގެ 2 ޓިކެޓް
ދެ ބޭފުޅުންގެ ދެކޮޅު ފްލައިޓް ޓިކެޓް
އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން.
މި ޕްރޮމޯޝަނަކީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް އިނާޔަތްތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
ގަޑިއިރެއް ކުރިން

އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާ ގެ ދަށަށް ބަދަލުކޮށްފި
ގަޑިއިރެއް ކުރިން

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަަމަށް ފިރުޒުލް ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

މޭރީގެ މަރުގެ މައްސަލައިގައި މާވިން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)