
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަަމަށް ފިރުޒުލް ހަމަޖައްސައިފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:43
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށާއި، އެ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމަށް ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަންކުރައްވައިފިއެވެ.
ފިރުޒުލް މި މަޤާމަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން، އޭނާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފިރުޒުލް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ، އުމުރުން 32 އަހަރުގެ ފިރުޒުލްއަކީ ޕީއެންސީގެ ތަރުޖަމާނުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ތަރުޖަމާނުގެ މަޤާމުވެސް ފިރުޒުލް ވަނީ ފުރުއްވާފައެވެ.
މިއަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ފިރުޒުލް ވަނީ ޕީއެންސީގެ ތަރުޖަމާނުގެ ގޮތުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
ގަޑިއިރެއް ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
ގަޑިއިރެއް ކުރިން

އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާ ގެ ދަށަށް ބަދަލުކޮށްފި
ގަޑިއިރެއް ކުރިން

މޭރީގެ މަރުގެ މައްސަލައިގައި މާވިން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)