
އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާ ގެ ދަށަށް ބަދަލުކޮށްފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:45
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުންދިޔަ ފާމަސީތަކުގެ ހިދުމަތްތަކާ، ދައުލަތުގެ ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.
އެސްޓީއޯގެ ދަށުން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓްފާމާގެ ހިންގުމުގެ ދަށަށް ބަދަލުކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ފަށާފައިވަނީ ނިމިދިޔަ މަހުގެ ފަހުކޮޅުގައެވެ.
މިއަދުން ފެށިގެން ސްޓޭޓްފާމާގެ ބެލުމުގެ ދަށުން ހިދުމަތްތައް ރަސްމީކޮށް ފަށާފައިވާއިރު، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ މައިގަނޑު އަމާޒަކީ މުޅި ރާއްޖެއަށް ފަސޭހަކަމާއެކު ބޭހުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
މި ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ގައުމީ ފެންވަރުގެ މިފަދަ މުހިންމު ޒިންމާއަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސްޓޭޓްފާމާއިން ފާހަގަކުރެއެވެ.
މި ބަދަލުތައް ތަންފީޒުކުރަމުންދާ ދަނޑިވަޅުގައި، ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން މައާފަށް އެދިފައިވެއެވެ.
ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސްޓޭޓްފާމާގެ އެންމެ އިސް މަގްސަދަކީ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
ގަޑިއިރެއް ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
ގަޑިއިރެއް ކުރިން

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަަމަށް ފިރުޒުލް ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

މޭރީގެ މަރުގެ މައްސަލައިގައި މާވިން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)