logo

މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ އިންތިހާއަށް!

profile

ރިޟްވާން މޫސާ - 17 ޖުލައި 2026 - 18:41

ވެރިރަށް މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަ ދުވަހުން ދުވަހަށް ބޮޑުވެ، މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންގެ ޝަކުވާތައް މިވަނީ އިންތިހާއަށް އިތުރުވާން ފަށާފަ އެވެ.

https://wamco.com.mv/

ޚާއްޞަކޮށް އޮފީސްތަކާއި ސުކޫލުތައް ފެށޭ ވަގުތުތަކުގައާއި ނިމޭ ވަގުތުތަކުގައި މާލޭގެ ބޮޑެތި މަގުތަކުން ހިނގާބިނގާވެ އުޅުމާއި އުޅަނދު ދުއްވުން ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

އާންމުން ފާހަގަކުރާ ގޮތުގައި، މަޖީދީމަގު، ބޮޑުތަކުރުފާނުމަގު އަދި އަމީނީމަގު ފަދަ މައިގަނޑު ހުރިހާ މަގުތަކެއް ވަނީ ޕީކް ގަޑިތަކުގައި މުޅިން ބްލޮކްވެފައެވެ. މިކަމުގެ ސަބަބުން ކުޑަ ދުރުމިނަކަށް ދިއުމަށްވެސް ގަޑިއެއްހާއިރު ހޭދަކުރަންޖެހޭ ކަމަށް ދުއްވާ މީހުން ބުނެއެވެ.

undefined

ޓްރެފިކްގެ މައްސަލަތައް މައިގަނޑު ގޮތެއްގައި ބޮޑުވާން ޖެހޭ މައްސަލަ ތަކަށް ވިސްނާލަމާ ހެއްޔެވެ. ޖަވާބު ވަރަށް ސާފެވެ. ދުއްވަން ބޭނުން ކުރާ ވެހިކަލްތައް ގިނަވެ މަގު ތޮއްޖެހެނީ އެވެ. ފުރަ މާލޭގެ މަގުތަކުގައި ރަނގަޅު ފެންވަރެއްގައި ޕާކު ކުރެވޭނެ އިންތިޒާމުތަކެއްވެސް ނެތީ އެވެ.

މިކަމުގައި އެންމެ ފުރިހަމަ ގޮތެއްގައި ޒިންމާ ނަންގަވަން ޖެހެނީ ވަކި އެއިރެއްގައި އޮންނަ ސަރުކާރަކުން ނޫން ކަން ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެބަ އެނގެ އެވެ. ނަމަވެސް އާންމު އުސޫލުން ބުނާ ދިވެހިން ހަމަ ތަންކޮޅެއް ކަންފަސޭއީ އޭވެސް މީހުން ބުނެ އެވެ.

undefined

ހަމަ އެންމެ ކަމަކަށް ބަލާލަމާ ހެއްޔެވެ. ފިހާރަކަށް ތަކެތި ގަނެލުމަށް ނުކުންނަ މީހަކު އެ ފިހާރައެއްގެ ކުރިމަތީގައި ސައިކަލް ވެސް ޕާކުރަނީ އެވެ. ކައިރި ސަރަހައްދެއްގައި ޕާކިން ޒޯނެއް ހާއްސަކޮށްފައި ހުއްޓަކަސް އެ ހިސާބަށް ދާން ބޭނުން ނުވަނީ އެވެ. އެ ސައިކަލްތައް އެގޮތަށް ބަހައްޓަމުން ގޮސް މިއަދު މިވަނީ ހައްލު ނުކުރެވޭ ދަރަޖަ އަށް މިކަން ގޯސްވެ މިއީ މާބޮޑު ކަމަކަށް ނުވެ މުޅިނހެން އާންމުވެފަ އެވެ.

ޓްރެފިކް މައްސަލަ އުފެދޭ ގޮތް ކޮންމެވެސް ވަރަކަށް ބަލާލަމާ ހެއްޔެވެ.

މައްލަ ބޮޑުވާން ދިމާވާ މައިގަނޑު ސަބަބުތައް:

1 އުޅަނދު އިތުރުވުން: މާލޭގެ އާބާދީއާއި މަގުތަކުގެ ޖާގައާ ނުބައްދަލަށް ސައިކަލާއި ކާރު ފަދަ އުޅަނދުތައް އެތެރެކޮށް، ރަޖިސްޓްރީ ކުރަމުންދިއުން.

2: ނުރަނގަޅު ޕާކިންގ: މަގުތަކުގެ ދެފަރާތުގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި، މުދާ އުފުލާ ވެހިކަލްތައް ބޭނުން ގަޑިއެއްގައި މަގުމަތީގައި ބާއްވައިގެން މުދާ ބޭލުން.

3: ގަވައިދަށް ނުބެލުން: ދުއްވާ މީހުން ޓްރެފިކް ގަވާއިދުތަކަށް ބޯނުލެނބުމާއި، ކަންމަތިތަކުގައާއި ހަނި ގޯޅިތަކުގައި ދުއްވާއިރު ދޫނުދިނުން.

undefined

މި މައްސަލައާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތަކު ބުނި ވާހަކައެއް ހިއްސާކޮށްލާނަމެވެ. "މިހާރު ސައިކަލެއްގައި ސިނަމާލެ ބްރިޖާ ހަމައަށް ދާންވެސް ބައިގަޑިއިރު ހޭދަވޭ. މުޅި މަގު އޮންނަނީ ތޮއްޖެހިފައި. ސިއްހީ ކުއްލި ފަރުވާއަކަށް އެމްބިއުލާންސަކަށްވެސް ދެވޭނެ ގޮތެއް މިހާރު މަގުތަކުގައެއް ނޯވޭ،" މީހަކު ކިޔައިދިނެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މާލެއަށް އުޅަނދު އެތެރެކުރެވޭނެ ވަކި ލިމިޓެއް ކަނޑައެޅުމަށާއި، ޕަބްލިކް ޓްރާންސްޕޯޓް (ބަހުގެ ޚިދުމަތް) އިތުރަށް ހަރުދަނާކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން، ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކަށް ފިޔަވަޅު އެޅުން ހަރުކަށިކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މާލޭގެ ޓްރެފިކް މައްސަލައަކީ ބޮޑު އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމަކަށް ވާއިރު، ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މިއަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް މަގުތައް ބޭނުންކުރާ ފަރާތްތަކުން އެއްބަސްވެއެވެ.

undefined

ޓްރެފިކްގެ މި ބޮޑު މައްސަލަ ހައްލުކުރަން މާލޭ ސިޓީ ކައުންސިލުން ވެސް މަސައްކަތްތަކެއް ކުރަމުންދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 1000 ގޭބީސީ އަކަށް ސިޓީ ކައުންސިލުން ޒިޔާރަތްކޮށް މި މައްސަލަ ހައްލުކުރުމަށް މައުލޫމާތުތަކެއްވެސް އެއްކޮށްފައިވާ ކަމެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދަން ރައީސް މުހައްމަދު މުއިއްޒު 'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް'ގެ ނަމުގައި އިދާރާއެއް އުފައްދަވާފަ އެވެ. އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ޕުރޮގުރާމުތައް އެކުލަވާލައި ތަންފީޒުކުރުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދުން އަދި އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެ އެވެ.

undefined

ބޭނުން ވަނީ ސަރުކާރުންވެސް މި ތަރައްގީކުރާ މަގުތަކާއެކު މާލެ އަކީ ހިތްފަސޭހަ އަމާން ހިތްގައިމު ތަނަކަށް ވެގެން ދިއުމެވެ. ތިޔަ ބޭފުޅުންގެ އުންމީދަކީ ވެސް ހަމަ މިއީކަމަށް ގަބޫލުކުރަމެވެ. ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް އެންމެންވެސް ފަރުދީ ޒިންމާ ނަންގަވައި ހިތްފަސޭހަ މާލެއަކަށް ބަދަލުކުރުން ވެސް އޮތީ ހަމަ ތިޔަ ބޭފުޅުންގެ އަތްމަތީގަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk