
ކަޝްމީރުގައި ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެ، 2 މީހަކު ޒަޚަމްވުމާ ގުޅިގެން އިންޓަނެޓްގެ ޚިދުމަތް ކަނޑާލައިފި

ރިޟްވާން މޫސާ - 17 ޖުލައި 2026 - 17:56
ޖައްމޫ އެންޑް ކަޝްމީރުގެ ދޯޑާ ޑިސްޓްރިކްޓްގައި ހިނގި ބަޑީގެ ހަމަލާއެއްގައި އާންމުންގެ މީހަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވުމާ ގުޅިގެން އެ ސަރަހައްދުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
މި ހަމަލާ ހިނގަން މެދުވެރިވި ސަބަބުތަކާ މެދު ގިނަ ސުވާލުތަކެއް އުފެދެމުންދާތީ، ޕީ.ޑީ.ޕީގެ ރައީސް މަޙްބޫބާ މުފްތީ ވަނީ މިކަން ތަޙުޤީޤުކުރުމަށް ގޮވާލައްވާފައެވެ.
އުމުރުން 30 އަހަރުގެ އާރިފް ޙުސައިން މަރުވުމާ ގުޅިގެން އެ ސަރަހައްދުގެ މީހުން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކުރަން ފަށާފައެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލޯކަލް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ، ބަދޭރްވާ ސަބްޑިވިޜަންގެ ގުންދޯގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
ދޯޑާގެ ގަވަރްމަންޓް މެޑިކަލް ކޮލެޖްގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، ބަޑީގެ ހަމަލާގައި ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން މަޙްބޫބާ މުފްތީ ވިދާޅުވީ، ލިބެމުންދާ ރިޕޯޓްތަކަކީ ވަރަށް ކަންބޮޑުވާ ރިޕޯޓްތަކެއް ކަމަށާއި، މިކަން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތަޙުޤީޤުކުރަންޖެހޭނެ ކަމަށެވެ. އަދި އެކަމަނާ ވަނީ މަރުވި މީހާގެ ފޮޓޯއެއް އެކްސް ގައި ހިއްސާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގާނޫނާއި އެއްގޮތަށް އަމަލުކުރަން ބޭރުގެ 8 ކުންފުންޏަކުން ގުޅައިފި: ސައީދު
14 ގަޑިއިރު ކުރިން

ސަރުކާރުން 8 ސިވިލް އިންޖިނިއަރުން ހޯދަނީ
16 ގަޑިއިރު ކުރިން
ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫއުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވޭނެ: ފިނޭންސް މިނިސްޓަރ
16 ގަޑިއިރު ކުރިން

ބޭރުގެ ޓްއަރ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން އުޅުމުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އަތުވެދާނެ: ރައީސް ނަޝީދު
17 ގަޑިއިރު ކުރިން


