logo

ސަރުކާރުން 8 ސިވިލް އިންޖިނިއަރުން ހޯދަނީ

profile

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 11:28

ތިން އިސް ސިވިލް އިންޖިނިއަރަކާއި އެސިސްޓަންޓް ސިވިލް އިންޖިނިއަރެއް ހިމެނޭހެން އަށް ސިވިލް އިންޖިނިއަރަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުތަކެއް ކޮށްފިއެވެ.

https://wamco.com.mv/

ހައުސިން މިނިސްޓްރީން ކުރި އިއުލާނުތަކެއްގައިވަނީ އަށް ސިވިލް އިންޖިނިއަރުން ހޯދަން އިއުލާނުކޮށްފަ އެވެ.

އިއުލާނުތަކުގައިވާ ގޮތުން އެސިސްޓަންޓް ސިވިލް އިންޖިނިއަރަކު ހިމެނޭހެން ތިން ސިވިލް އިންޖިނިއަރަކު ހޯދަނީ ކޯސްޓަލް ސެކްޝަނަށެވެ. އަދި ސްޓްރެޓީޖިކް ޕްރޮޖެކްޓްސް ސެކްޝަނަށް ދެ އިސް ސިވިލް އިންޖިނިއަރަކު ހޯދާއިރު ހައުސިން މަޝްރޫއުތަކާ ބެހޭ ސެކްޝަނަށާއި މަގުތަކާ ބެހޭ ސެކްޝަންތަކަށް ސިވިލް އިންޖިނިއަރަކު އަދި އެއާޕޯޓު ތަރައްގީކުރުމާ ބެހޭ ސެކްޝަނަށް އިސް ސިވިލް އިންޖިނިއަރަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

އިސް ސިވިލް އިންޖިނިއަރުން ހޯދުމަށް ކޮށްފައިވާ އިއުލާނުތަކުގައިވާ ގޮތުން ހާޒިރުވާ ކޮންމެ ދުވަހަކަށް 350 ރުފިޔާ ލިބޭ އިނާޔަތް ހިމެނޭހެން އިސް ސިވިލް އިންޖިނިއަރުންގެ މުސާރަ 46،155 ރުފިޔާއަށް އަރާނެއެވެ. އެއީ އަސާސީ މުސާރަ ކަމަށްވާ 22،670 ރުފިޔާއާއި މަގާމުގެ އެލަވަންސް ކަމަށްވާ 12،985 ރުފިޔާ ހިމެނޭހެންނެވެ.

އެސިސްޓަންޓް ސިވިލް އިންޖިނިއަރު ހޯދުމަށް ކޮށްފައިވާ އިއުލާނަށް ބަލައިލާއިރު، އެ މަގާމުގެ އަސާސީ މުސާރަ އުޅެނީ 14،095 ރުފިޔާއަށެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 6،575 ރުފިޔާ ލިބޭއިރު ހާޒިރުވާ ކޮންމެ ދުވަހަކަށް 180 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން އެސިސްޓަންޓް ސިވިލް އިންޖިނިއަރުގެ މުސާރައަށް މަހަކު 26،070 ރުފިޔާ އަރާނެއެވެ.

އަދި އާދައިގެ ސިވިލް އިންޖިނިއަރުން ހޯދުމަށް ކޮށްފައިވާ އިއުލާނުތަކަށް ބަލައިލާއިރު، އެ މަގާމުގެ އަސާސީ މުސާރަކަމަށްވާ 18،945 ރުފިޔާއާއި މަގާމުގެ އެލަވަންސްކަމަށްވާ 10،850 ރުފިޔާއާއި ހާޒިރުވާ ކޮންމެ ދުވަހަކަށް 295 ރުފިޔާގެ އިނާޔަތެއް ލިބޭނެ ކަމަށް ވެއެވެ. އެހެންކަމުން އެ މަގާމުގެ މުސާރަ އުޅޭނީ މަހަކު 38،645 ރުފިޔާއަށެވެ.

އަދި އެސިސްޓަންޓް ސިވިލް އިންޖިނިއަރުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އަށެއް ގެ ޑިގްރީއެއް، ނުވަތަ ބެޗެލާސް އޮނާސް ޑިގްރީއެއް ހާސިލުކޮށްފައިވުން އެކަންޏެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ 12 ޖެހުމާ ހަމައަށް އޮތީ ހުޅުވައިލައިފައެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިއުންތައް ހައުސިން މިނިސްޓްރީގެ ކައުންޓަރުން ނުވަތަ އެ މިނިސްޓްރީގެ އީމެއިލުން ބަލައިގަންނާނެ ކަމަށް އިއުލާނުތަކުގައިވެއެވެ.

https://wamco.com.mv/
tel:+9607331319