
ބޭރުގެ ޓްއަރ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން އުޅުމުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އަތުވެދާނެ: ރައީސް ނަޝީދު

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 09:59
ބޭރުފައިސާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ބޭރުގެ ޓްއާރ އޮޕަރޭޓަރުންގެ އަތުން ވެސް ޓެކްސް ނަގަން ފެށުމުން އެކަމުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކަމަށާއި، އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެކަމުން އަސަރުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝިދު ވަނީ ބޭރު ފައިސާ އާއިބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުންގެނައި އިސްލާހު 40 އިންސައްތަ އާންމދަނީގެ ޑޮލަރު ނުވަތަ ބޭރު ފައިސާ ބޭންކަން މާރުކުރަން މަޖުބޫރު ކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް ވެސް ރާއްޖޭގައި މަދުވާނެ ކަމަށާއި، ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވެސް ދަށަށް ދާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ ބޭރުގެ ޓްއާ އޮޕަރޭޓަރުންގެ އަތުން މީރާއިން އޓެކްސް ނަގަން ދެކެވޭ ވާހަކައަށް އިޝާރާތް ކުރައްވައިވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ޓެކްސް ދައްކަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަކީ ރާއްޖޭގެ ސަލާމަތަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
ބޭރުގެ ޓްއާ އޮޕަރޭޓަރުންގެ ތެރެއިން ކަންބޮޑުވުން އޮތީ ކޮންކޮން އޮޕަރޭޓަރުންނެއްތޯ "އަސްލުޓީވީ"ން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޓަރނޭޝެނަލް ޓްއާއޮޕަރޭޓަރުންގެ ގޮތުގައި މީގެ ފަންސާސް އަހަރު ކުރިންވެސް ރާއްޖެއާމެދު ވިޔަފާރީގެ ރޮނގުން ރަގަޅަށް ދެކުނު އޮޕަރޭޓަރުން މިއަދު ކަންބޮޑުން ފާޅުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބޭރުގެ ޓްއާރ އޮޕަރޭޓަރުންގެ ތެރެއިން "އަގޯޑާ" "ބްކިން ޑޮޓް ކޮމް" ފަދަ ޕްލެޓްފޯމުތަކުން ވެސް ރާއްޖެއަށް ކަންބޮޑުވުން ތައް ފާޅުކުރަމުން އަންނަ ކަމަށާއި، އެއީ އޮޕަރޭޓަރުންގެ ތެރެއިން އަދި ކުޑަ ވިޔަފާރިތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެހެން ނަމަަވެސް ގެސްޓްހައުސްފަދަ ލޯކަލް ޓްއަރިޒަމަށް ވެސް މިކަމުން އަސަރުތަކެއް ކުރާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބޭރުގެ ޓުއަ އޮޕަރޭޓަރުން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް އޮތުމަކީ ބައިނަލްއަގުވާމީ ޓެކްސް އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސަޕްލައިއަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އަދި އެ މީހުން ވަނީ އެ ޓެކްސް ނެގުން މަޑުޖައްސާލަން ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ހަދައިފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ގާނޫނާއި އެއްގޮތަށް އަމަލުކުރަން ބޭރުގެ 8 ކުންފުންޏަކުން ގުޅައިފި: ސައީދު
4 ގަޑިއިރު ކުރިން

ސަރުކާރުން 8 ސިވިލް އިންޖިނިއަރުން ހޯދަނީ
6 ގަޑިއިރު ކުރިން
ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫއުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވޭނެ: ފިނޭންސް މިނިސްޓަރ
6 ގަޑިއިރު ކުރިން

އެމްޑީޕީގެ ކޮންގްރެސްގައި ސަތޭކަ އެތަކެއް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ނިންމައިފިން: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން


