logo

އެމްޑީޕީގެ ކޮންގރެސްގައި ސަތޭކަ އެތަކެއް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ނިންމައިފިން: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 08:34

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ ބޮޑު ކޮންގްރެސް ބޭއްވުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މި ކޮންގްރެސްގައި ސަތޭކަ އެތަކެއް ޕްރޮޖެކްޓްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ ބުނެފި އެވެ.

https://wamco.com.mv/

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގަ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި، ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ އެމްޑީޕީން ބާއްވަމުން އަންނަ އެންމެ ބޮޑު ކޮންގްރެސް ބޭއްވުމަށް އެޕާޓީން ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ކައުންސިލްތަކުން މި ކޮންގްރެސްގައި އެތަކެއް ސަތޭކަ ޕްރޮޖެކްޓްތައް ހިންގުމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ މި ޕްރޮޖްކްޓްތަކަށް ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލާނެ ކަމަށާއި، މި ޕްރޮކްޖެކްޓައް ކުރިއަށްގެންދަނީ މައިގަނޑު ގޮތެއްގައި އިންވެސްޓްމަންޓް ފޯރަމެއް ގޮތަށް ކަމަށެވެ.

އަދި ވިދާޅުވީ މިފަދަ ޕްރޮޖެކްޓްތަކުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތައްވެސް ކުރާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319