logo

މޫދު ކުލާހުގައި އުޅުމަށްފަހު އެއްގަމަށް އެރި އަންހެންމީހާ ނިޔާވެއްޖެ!

profile

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 08:23

ވ. ފުލިދޫގައި އިއްޔެ ކުރިއަށް ގެންދިޔަ މޫދު ކްލާހެއް ނިންމާފައި އެއްގަމަށް އެރި މީހަކު މަރުވެއްޖެ އެވެ.

https://wamco.com.mv/

ފުލިދޫގައި ހުންނަ ވ. އަތޮޅު މަދަރުސާ އާއި އެ ރަށުގައި ތިބޭ ފުލުހުން ގުޅިގެން، ހިންގި މޫދު ކްލާހުގައި ބައިވެރިވި މީހުންގެ ތެރެއިން މަރުވީ، ސްކޫލުގެ ސަޕޯޓް ސްޓާފް، އައިޝަތު އާތިފާ، 39، އެވެ.

މަރުވި އާތިފާ އަކީ ބ.އަތޮޅު ކުޑަރިކިލި އަށް ނިސްބަތްވާ މީހެކެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އާތިފާ މަރުވެފައިވަނީ މޫދުން އެއްގަމަށް އެރިވަގުތު ނޭވާލާ އުދަނގޫވުމުން އެކަމަށް ފަރުވާދެމުން ދަނިކޮށް އޭގެ ބައިގަޑީރެއްހައިރު ފަހުން ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ފުލިދޫގައި ވަނީ މޫދަށް އެރި އުޅުނު ބައްޕައަކު މަރުވެފަ އެވެ. އޭނާ މަރުވީ އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.

https://wamco.com.mv/
tel:+9607331319