logo

ހުވަދޫ ކަނޑަށް ގެއްލުނު ތިން ދިވެހިން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފިން: އެމްއެންޑިއެފް

profile

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 08:23

މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" ދިޔަވަމުންދާތީ އެ ދޯނި ސަލާމަތް ކުރުމުގެ ތެރޭގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތައް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި، އެހެން ކަމުން މީހުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަން މިހާރުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯންޏަށެވެ. އެ ދޯނި ދިޔަވާ ކަމުގެ މައުލޫމާތު އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔައީ ފުލުހުންގެ ލޯންޗެކެވެ. އަދި އޭގެ ފަހުން އެމްއެންޑީއެފްގެ ލޯންޗެއް ވެސް ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިވާން ފަށާފައެވެ.

އެ ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ދޯނި އަޑިއަށް ދިޔަ ވަގުތު، ދޯނީގައި ތިބި ތިން މީހަކު ވަނީ ކަނޑަށް ގެއްލިފައެވެ.

ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫންގެ އިތުރުން، އެހީތެރިވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދާއި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.

އެމްއެންޑީއެފް އިން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައި ވާގޮތުން، މި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި ވަރަށް ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ. އެގޮތުން ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މީގެއިތުރުން، ހުވަދޫ ކަނޑުގެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319