.jpg&w=3840&q=75)
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ސަރުކާރުގެ ހަރު މުދަލާއި ހިއްސާ ވިއްކަންވާނީ ދެފުއްފެންނަ ބީލަމެއްގެ ތެރެއިން: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 22 ސެޕްޓެމްބަރު 2026 - 10:22
ދައުލަތުގެ ހަރުމުދާ ވިއްކުމުގައްޔާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކުމުގައި (ޕްރައިވަޓައިޒޭޝަން) ވެސް ކަންކަން ކުރިއަށް ގެންދަންވާނީ ދެފުއްފެންނަ ފުރިހަމަ ބީލަމުގެ ނިޒާމެއްގެ ތެރެއިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިޖުތިމާޢީ މަންސަ "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި، ދައުލަތުގެ އެސެޓްތައް ނުވަތަ ހަރުމުދާ ވިއްކުމާއި، ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެފަދަ ކަންކަން އަބަދުވެސް ހިނގަންވާނީ އެންމެންނަށް ހާމަކަން ބޮޑު، އިންސާފުވެރި އަދި ވާދަވެރި ބީލަމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މިގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ހުޅުލެ އެއާޕޯޓް) ތަރައްޤީކޮށް ހިންގުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް އިންޑިއާގެ (ޖީއެމްއާރު) ކުންފުންޏާ ހަވާލުކުރި ގޮތުގެ މިސާލު އެމަނިކުފާނު ވަނީ ދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ ދުވަސްވަރު އެއާޕޯޓް ހިންގުން ޖީއެމްއާރާ ހަވާލުކުރީ ވޯލްޑް ބޭންކުގެ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) މެދުވެރިކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގުނު ވަރަށް ދެފުއްފެންނަ ބީލަމުގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އެ ބީލަން ކާމިޔާބުކޮށް، ޖީއެމްއާރުން އެއްބަސްވުމުގައި ސޮއިކުރުމާއެކު، ދިވެހި ދައުލަތަށް ވަގުތުން ވަގުތަށް 78 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމާއި ޕްރައިވަޓައިޒް ކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. ދައުލަތުގެ މާލިއްޔަތަށް އެންމެ ފައިދާހުރި ގޮތަކީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ބީލަމަށް ލައިގެން ކުރިއަށް ގެންދިއުން ކަމަށް ކުރީގެ ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ: ހައްލު ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު ކާރިސާއެއް!
2 ދުވަސް ކުރިން
އީވާން ނަސީމްގެ މަރަކީ ޖަލުތަކުގެ ލާއިންސާނީ އަނިޔާ ހާމަވެ، އިސްލާހީ ބަދަލަށް މަގުފަހިކުރި ހާދިސާއެއް: ފައްޔާޒް
2 ދުވަސް ކުރިން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
3 ދުވަސް ކުރިން
.jpg&w=3840&q=75)
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި
3 ދުވަސް ކުރިން


