
ހަނގުޔރާމަ ހުއްޓައިލުމާއި ގުޅޭގޮތުން އެމެރިކާއިން އީރާނާއެކު މަޝްވަރާކޮށްފި!

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 08:23
މެދުއިރުމަތީގައި މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފަށައިގެން ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމަކަށް ގެނައުމަށް ކުރެވެމުންދާ މަޝްވަރާތަކުގެ ތެރެއިން އަނެއްކާވެސް އެމެރިކާއިން އީރާނާ އެކު މަޝްވަރާކޮށްފި އެވެ.
ހަނގުރާމަ ފެށިފަހުން ގާތްގަނޑަކަށް މަސްދުވަސް ފަހުން ވެސް އެމެރިކާގެ އިސްނެގުމުގެ މަތިން އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރުމާއި ގުޅޭގޮތުންނާއި، ހަނގުރާމައިގައި ހަމަލާ ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއްކޮށްފައިވެ އެވެ.
މި ފަހުން ބޭއްވި މި ބައްދަލުވުމަކީ އެމެރިކާގެ އެދުމަށް ބޭއްވި، އީރާނުގެ މުހިންމު ޝަރުޠުތައް ހުށަހެޅުމަށް ފުރުޞަތު ލިބުނު ބައްދަލުވުމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން، އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިން ބޭނުންކޮށް ނިއު ޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ ހަވާސާގައި ނުސީދާ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް މި މަޝްވަރާ ބައްދަލުވުންތަކުގައި ދެގައުމުގެ ދެމެދުގައި މެދުވެރިކުރި މަންދޫބުންގެ މެދުގައި މާބޮޑެތި ޙިޔާލުތަފާތުވުންތަކެއް ނެތްކަމަށް މީޑިޔާ ރިޕޯރޓްތައްބުނެ އެވެ.
ބައްދަލުވުން ތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވި އެގައުމުގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ އީރާނުގެ އޮފިޝަލުންނާއެކު ތިން ގަޑިއިރުގެ ވަރަށް "ރަނގަޅު އަދި ކާމިޔާބު" ބައްދަލުވުމެއް ބޭއްވެވި ކަމުގައެވެ.
ބައްދަލުވުމުގައި އީރާނުން ޝަރުޠުކުރަނީ، އެމެރިކާއިން އަޅާފައިވާ ކަނޑުގެ ޙިޞާރު އުވާލުމަށާއި، ފްރީޒްކޮށްފައިވާ ނުވަތަ ހިފަހައްޓާފައިވާ މުދަލާއި ފައިސާ ދޫކޮށްލުމަށެވެ. އަދި، އީރާނުން ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ވެސް އީރާނުން ޝަރުޠުކުރެއެވެ.
އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، އަސްކަރީ ފިއްތުންތައް ކުޑަކޮށް، ބަނދަރުތަކުގެ ޙިޞާރު އުވާލައިފިނަމަ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގައެވެ. މީގެއިތުރުން، އީރާނުގެ ހުށަހެޅުންތައް ސެޕްޓެންބަރު މަހު އެމެރިކާއާ ހިއްސާކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދެގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުމާއި ހަނގުރާމަ އުވާލުމަށް އެމެރިކާއިން އެދިގެން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާއިރު ސަރަޙައްދީ ޤައުމުތަކުން ވެސް ދަނީ ޚާރިޖީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މީގެ އިތުރުން ގައުމުތަކުގެ އިސް ލީޑަރުންނާއި، އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ގެންދަވަނީ މަޝްވަރާތައް ކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ ކޮންގްރެސްގައި ސަތޭކަ އެތަކެއް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ނިންމައިފިން: ރައީސް ނަޝީދު
17 މިނިޓު ކުރިން
.webp&w=3840&q=75)
ހުވަދޫ ކަނޑަށް ގެއްލުނު ތިން ދިވެހިން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފިން: އެމްއެންޑިއެފް
27 މިނިޓު ކުރިން

މޫދު ކުލާހުގައި އުޅުމަށްފަހު އެއްގަމަށް އެރި އަންހެންމީހާ ނިޔާވެއްޖެ!
28 މިނިޓު ކުރިން
.jpg&w=3840&q=75)
ސަރުކާރުގެ ހަރު މުދަލާއި ހިއްސާ ވިއްކަންވާނީ ދެފުއްފެންނަ ބީލަމެއްގެ ތެރެއިން: ރައީސް ނަޝީދު
ދުވަހެއް ކުރިން


