logo

ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫއުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވޭނެ: ފިނޭންސް މިނިސްޓަރ

profile

ރިޟްވާން މޫސާ - 23 ސެޕްޓެމްބަރު 2026 - 11:08

ސަރުކާރުން ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު ވިދާޅުވީ ރަސްމާލޭގައި ހިންގަން ނިންމާފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫޢަކީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ބޭރުގެ ފައިނޭންސް ހޯދުމުގައި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢަކަށްވާނެކަމަށެވެ.

މި މަޝްރޫއަކީ "އީގަލް ހިލްސް" މަޝްރޫއެވެ. މާލީ ވަޒީރު ވިދާޅުވީ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔެ ދަންނަ، ކާމިޔާބު ބޮޑެތި އިންވެސްޓްމަންޓްތަކާއެކު މަޝްރޫޢުތައް ހިންގާފައިވާ ކުންފުންޏެއްކަމަށެވެ.

undefined

ވަޒީރު ވިދާޅުވީ އެންމެންނަށް އެންގޭ މިފަދަ ބޮޑު ކުންފުންޏަކުން ދިވެހިރާއްޖޭގައި، އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާނީ އެކަމާ މެދު ވަރަށް ބޮޑަށް ދިރާސާކޮށް، ރާއްޖެއަށް އޮތް ޑިމާންޑާއި އޭގެއިން ނެރެވޭނެ މަންފާ އެންގިގެންކަމަށެވެ.

މީގެ ކުރިން 200 ނުވަތަ 300 މިލިއަން ޑޮލަރު ރާއްޖޭގެ އެކި މަޝްރޫއުތަކަށް އިންވެސްޓްކޮށްފައިވާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ކްރެޑިން ރޭޓިން ދަށްކަމަށް ބުނެ ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހޭ މީހުންނަށް، އީގަލް ހިލްސްގެ މި ނިންމުން ވެގެންދަނީ، ރާއްޖޭގައި އިންވެސްޓްކުރެވިދާނެކަން ދައްކުވައިދިނުމަށް ދެވޭ ޔަގީންކަމަކަށްކަމަށެވެ.

undefined

20 ބިލިޔަން ޑޮލަރުގެ މި މަޝްރޫޢުގައި ހިމެނެނީ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެކެވެ. އަދި ރަސްމާލޭގައި 500 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5000 ހައުސިން ޔުނިޓް ތަރައްގީ ކޮށްދޭނެވެ.

މުޅި މިމަޝްރޫޢަކީ އިންވެސްޓްމަންޓްގެ ގޮތުން ބަލާއިރު ރާއްޖެއަށް އަންނަ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫޢާއެކު 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ.

https://wamco.com.mv/
tel:+9607331319