logo

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒްތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި

profile

ރިޟްވާން މޫސާ - 17 ޖުލައި 2026 - 17:55

މެދު އިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް ނާދެވި އެމެރިކާ އާޢި އީރާނުން ދެބަސްވުމެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒްތަކަށް އަނެއްކާވެސް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ.

https://wamco.com.mv/

ޖުލައި މަހުގެ ތެރޭގައި، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ލަޝްކަރު (އައި.އާރު.ޖީ.ސީ) އިން އަރަބި ހަ ގައުމެއް ކަމަށްވާ ކުވެއިތު، ގަތަރު، ބަހްރޭން، އޮމާން، އުރުދުން އަދި ސޫރިޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެކުވެރި ދައުލަތްތަކުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އަސްކަރީ ކުރިމަތިލުންތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

މި ހަމަލާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު އެތައް ދުވަހެއް ވަންދެން ކުރިއަށްދިޔަ ވަރުގަދަ ހަމަލާ ބަދަލުކުރުންތަކުގެ ބައެކެވެ.

މަސްލަހަތު އެންމެ ފުރަތަމަ ގޯސްވެގެންދިޔައީ، އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން އިއުލާނުކޮށް، ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ.

މީގެ ރައްދުގައި އެމެރިކާގެ އަސްކަރިއްޔާ (ސެންޓްކޮމް) އިން ވަނީ އީރާނުގެ ދެކުނުގެ އެކި ސަރަހައްދުތަކުގައި ހުރި މިސައިލް ރައްކާކުރާ ތަންތަނާއި، ފާލަންތަކާއި، ބަނދަރުތަކަށް އަމާޒުކޮށް ގިނަ ރޭތަކެއްގެ މަތިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ތެހެރާނުން ސިފަކޮށްފައިވާ ގޮތުގައި، އެމީހުން ދިން މިސައިލާއި ޑްރޯން ހަމަލާތަކަކީ އެމެރިކާގެ މި ހަމަލާތަކަށް ދިން ސީދާ ރައްދެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk