logo
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އީރާނާއެކު އެމެރިކާ ސުލްހަވުމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުން: އެމެރިކާގެ ނައިބު ރައީސް

profile

ރިޟްވާން މޫސާ - 17 ޖުލައި 2026 - 17:14

އީރާނާއެކު ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ޔަހޫދީ ސަރުކާރުގެ އިސްވެރިން ބޮޑު ޚަރަދެއްކޮށް، ސިއްރު ކެންޕޭނެއް ހިންގަމުންދާ ކަމުގައި ތުހުމަތު ކުރައްވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުވިޔަ ނުދިނުމަށާއި، މެދުއިރުމަތީގައި ނިމުމެއް ނެތް ހަމަނުޖެހުންގަނޑެއް އުފެއްދުމަށް ޓަކައި ޔަހޫދީ ސަރުކާރުގެ އިސްވެރިން އެމެރިކާގެ ރައްޔިތުންގެ ޚިޔާލާއި ވިސްނުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވޭންސް ވިދާޅުވިއެވެ.

އަދި، މި ފަދަ ނުރައްކާތެރި ޢަމަލުތަކަކީ އެމެރިކާގެ ޤައުމީ މަޞްލަޙަތަށާއި ސަލާމަތަށް ގެއްލުންހުރި، އަދި ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމުގައި އޭނާ ސާފުކޮށް ވިދާޅުވިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ މަހު ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމަށް ޔަހޫދީން ދެކޮޅު ހަދާކަމުގެ ސާފު ހެކިތައް އެބަހުރި ކަމަށާއި، ދާއިމީ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ކޮށްލުމަށް ވެސް ޔަހޫދީ ސަރުކާރުގެ ވެރިން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖޯ ރޯގަންގެ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ވޭންސް ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ފަށާފައިވާ ޞުލްޙައިގެ މަޝްވަރާތައް ފޭލުކޮށްލުމަށް ޔަހޫދީ ސަރުކާރުގެ ބައެއް ފަރާތްތަކުން ބޮޑެތި ޚަރަދުތަކެއްކޮށްގެން ވަރަށް ސިއްރު ކެންޕޭނެއް ހިންގަމުންދާ ކަމުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk