
ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް
ގުލާގެ ދެ ލަނޑާއެކު ފަސް ލަނޑުގެ މޮޅަކުން ރެއާލް މެޑްރިޑް ކޮޕަ ޑެލްރޭގެ ގަދަ 16 އަށް

ހަފްސީ އަބްދުﷲ - 07 ޖެނުއަރީ 2025 - 05:05
ގުލާގެ ދެ ލަނޑާއެކު ފަސް ލަނޑުގެ މޮޅަކުން ރެއާލް މެޑްރިޑް ކޮޕަ ޑެލްރޭގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. ރެއާލް މެޑްރިޑް މުބާރާތުގެ ގަދަ ސޯޅަ އަށް ދަތުރުކުރީ 5-0 ން ކްލަބް ޑިޕޯޓިވާ މިނޭރާ ބަލިކޮށްގެންނެވެ. ޑިޕޯޓިވޯ މިނޭރާ އަކީ ސްޕެއިންގެ ހަތަރުވަނަ ޑިވިޝަންގެ ޓީމެކެވެ.
މެޗަށް ކޯޗު ކާލޯ އެންޗެލޮޓީ ނެރުނު ފުރަތަމަ އެގާރައިގައި އެންމެ ކުރިއަށް ކުޅެން ތިބީ ޒުވާން ކުޅުންތެރިން ކަމަށްވާ ގުލާއާއި އެންޑްރިކްގެ އިތުރުން ބްރަހިމް ޑިއާޒް އެވެ. މެޗުގައި ރެއާލް އިން ލީޑް ނެގީ ފަސްވަނަ މިނިޓްގައި ފެޑެރީކޯ ވަލްވާޑޭގެ ލަނޑުންނެވެ. އޭގެ ނުވަ މިނިޓްފަހުން ފްރަން ގާސިއާ ތަނަވަސްކޮށްދިން ފުރުޞަތަކުން ދެވަނަ ލަނޑު ޖެހީ ކަމަވިންގާ އެވެ. ފުރަތަމަ ހާފްގައި ތިންވަނަ ލަނޑު ޖެހީ ގުލާ އެވެ. އެއީ ފެޑެރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ ފުރަތަމަ އެގާރައިން ކޯޗު ފުރުޞަތުދިން މިޑްފީލްޑަރ މޮޑްރިޗް އެވެ. ފްރަން ގާސިއާ ތަނަވަސްކޮށްދިން ފުރުޞަތަކުން ރެއާލްގެ ފަހު ލަނޑު ގުލާ ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށެވެ.
މެޗުގެ ދެވަނަ ހާފްގައި އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއަރ އަށްވެސް ކޯޗު އެންޗެލޮޓީ ފުރުޞަތު ދިނެވެ.
ގުޅުން ހުރި ޙަބަރުތައް

ސުޕަރ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ
އަހަރެއް ކުރިން

ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް
އަހަރެއް ކުރިން

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ރެއާލް މެޑްރިޑް އެކަކަށް
އަހަރެއް ކުރިން

ސެވިއްޔާ ބަލިކޮށް, ރެއާލް އިން އެއްވަނައާ ޕޮއިންޓަކަށް ގާތަށް
އަހަރެއް ކުރިން


