
ސުޕަރ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ

ހަފްސީ އަބްދުﷲ - 10 ޖެނުއަރީ 2025 - 05:49
ސްޕެނިޝް ސުޕަރ ކަޕް ފައިނަލްގެ ދެވަނަ ޖާގަ ޗެމްޕިއަން ރެއާލް މެޑްރިޑް ހޯދައިފިއެވެ. ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކުރީ ޖިއްދާގައި ކުޅުނު ސެމީފައިނަލްގައި 3-0 ން މަޔޯކާ ބަލިކޮށްގެންނެވެ.
ސެމީފައިނަލް މެޗުގައި ރެއާލް އަށް ލީޑް ނަގައިދިނީ ބެލިންގހަމް އެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ބެލިންގހަމް ލީޑް ނަގައިދިނީ ދެވަނަ ހާފްގެ ކުރީކޮޅު އެވެ. ރެއާލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑުވެސް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. ދެވަނަ ލަނޑަކީ މާޓިންގ ވަލްޖެންޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ތިންވަނަ ލަނޑު ލުކަސް ވަޒްކުއޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ރޮޑްރީގޯ އެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް ވާދަކުރާނީ ބާސެލޯނާއާއެވެ. ބާސެލޯނާ ވަނީ 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ރެއާލް ވަނީ 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ ދެ އަހަރުވެސް ފައިނަލްގައި ވާދަކުރީ މިދެޓީމެވެ. މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ރެއާލް އެވެ. އޭގެ ކުރީ އަހަރު ޗެމްޕިއަންކަން ހޯދީ ބާސެލޯނާއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާސެލޯނާ ސުޕަރ ކަޕް ފައިނަލަށް
އަހަރެއް ކުރިން

ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް
އަހަރެއް ކުރިން

ގުލާގެ ދެ ލަނޑާއެކު ފަސް ލަނޑުގެ މޮޅަކުން ރެއާލް މެޑްރިޑް ކޮޕަ ޑެލްރޭގެ ގަދަ 16 އަށް
އަހަރެއް ކުރިން

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ރެއާލް މެޑްރިޑް އެކަކަށް
އަހަރެއް ކުރިން


