
ވިނީޝިއުސް ވެލެންސިޔާ ކީޕަރަށް ހަމަލާދެނީ: ފޮޓޯ-ނައިންޓީމިނި.ކޮމް
ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް

ހަފްސީ އަބްދުﷲ - 08 ޖެނުއަރީ 2025 - 06:41
ސްޕެނިޝް ލަލީލާގައި ވެލެންސިޔާ އަތުން މޮލުވި މެޗުގައި ދެއްކި ރަތްކާޑްގެ ސަބަބުން ވިނީޝިއުސް ޖޫނިއަރ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ދެ މެޗަށް ސަސްޕެންޑް ކުރީ އެމެޗުގައި ކުޅުމުން ބޭރުން ވެލެންސިޔާގެ ކީޕަރަށް ހަމަލާ ދިނުމުންނެވެ. ވިނީޝިއުސް ވެލެންސިޔާ ކީޕަރަށް ހަމަލާ ދިނީ އޭގެކުރިން ކީޕަރު އޭނާ ކޮއްޕާލުމުންނެވެ.
ސްޕެއިން ފެޑެރޭޝަނުން ވިނީޝިއުސް ސަސްޕެންޑް ކުރީ ލަލީގާގައި ކުރިއަށް އޮތް ދެ މެޗުންނެވެ. އެއީ ލަސް ޕަލްމާސް އާއި ވާދަކުރާ މެޗާއި ރެއާލް ވަލަޑޮލިޑްއާ ވާދަކުރާ މެޗެވެ. އެކަމަކު ސުޕަރ ކަޕް ސެމީފައިނަލްގައި މަޔޯކާއާ ވާދަކުރާ މެޗުގައި ވިނީޝިއުސް އަށް ކުޅެވޭނެއެވެ.
ރެއާލްއިން ވިނީޝިއުސްގެ ރަތްކާޑް އެޕީލް ކުރި ނަމަވެސް ބަލައި ނުގަތެވެ. ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ގަބޫލުކުރަނީ އެއީ ވެލެންސިޔާގެ ކީޕަރާއި ވިނީޝިއުސްއަށް ވެސް ރީނދޫ ކާޑް ދެއްކުމަށްފަހު ނިންމާލަން ޖެހޭނެ ހާލަތެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސުޕަރ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ
އަހަރެއް ކުރިން

ގުލާގެ ދެ ލަނޑާއެކު ފަސް ލަނޑުގެ މޮޅަކުން ރެއާލް މެޑްރިޑް ކޮޕަ ޑެލްރޭގެ ގަދަ 16 އަށް
އަހަރެއް ކުރިން

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ރެއާލް މެޑްރިޑް އެކަކަށް
އަހަރެއް ކުރިން

ސެވިއްޔާ ބަލިކޮށް, ރެއާލް އިން އެއްވަނައާ ޕޮއިންޓަކަށް ގާތަށް
އަހަރެއް ކުރިން


