logo
ފެޑެރީކޯ ވަލްވާޑޭ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް

ފެޑެރީކޯ ވަލްވާޑޭ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް

ސެވިއްޔާ ބަލިކޮށް, ރެއާލް އިން އެއްވަނައާ ޕޮއިންޓަކަށް ގާތަށް

profile

ހަފްސީ އަބްދުﷲ - 23 ޑިސެމްބަރު 2024 - 03:51

ސެވިއްޔާ ބަލިކޮށް, ރެއާލް މެޑްރިޑް އިން ލަލީގާ ތާވަލްގެ އެއްވަނައި އޮތް އެތްލެޓިކޯ މެޑްރިޑާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ރެއާލް އިން ސެވިއްޔާ ބަލިކުރީ 4-2 ނެވެ.

https://wamco.com.mv/

މެޗުގައި ރެއާލް އަށް ލީޑް ނަގައިދިނީ އެމްބާޕޭ އެވެ. ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި އެމްބާޕޭ ލީޑްނަގައިދިނީ 10 ވަނަ މިނިޓްގައެވެ. އޭގެ ދިހަ މިނިޓްފަހުން ކަމަވިންގާ ތަނަވަސްކޮށްދިން ފުރުޞަތަކުން ދެވަނަ ލަނޑު ޖެހީ ފެޑެރީކޯ ވަލްވާޑޭ އެވެ. ތިންވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ. ފުރަތަމަ ހާފްގައި އިސާކް ރޮމެރޯ ސެވިއްޔާ އަށް ލަނޑެއް ޖަހާދީފައި ވަނިކޮށް, ރެެއާލް އަށް ހަތަރު ވަނަ ލަނޑު ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ. ދެވަނަ ހާފްގެ ކުރީކޮޅު އޭނާ ލަނޑު ޖެހީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ސެވިއްޔާ އިން ދެވަނަ ލަނޑެއް ޖެހީ މެޗުގެ ފަހުކޮޅުއެވެ. ލަނޑު ޖަހައިދިނީ ލުކެބާކިއޯ އެވެ.

މެޗުގެ އެންމެ ޚާއްޞަ ވަގުތަކީ ސެވިއްޔާގެ ޖީސަން ނަވާސް ކެރިއަރުގެ ފަހު މެޗަށް ނިކުތުމެވެ. 39 އަހަރުގެ ކުޅުންތެރިޔާ ކެރިއަރުގެ ފަހު މެޗަށް ރެއާލްއާ ދެކޮޅަށް ނުކުތީ ދެވަނަ ހާފްގައެވެ. 20 އަހަރުގެ ކެރިއަރަށްފަހު އޭނާ ކުޅުން ހުއްޓާލަނީ އަނިޔާއެއްގެ ސަބަބުންނެވެ.

ލީގު ތާވަލްގައި ރެއާލް މެޑްރިޑް މިހާރު އޮތީ 18 މެޗުން 40 ޕޮއިންޓާްއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 41 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. ކުރިން އެއްވަނައިގައި އޮތް ބާސެލޯނާ މިހާރު އޮތީ 19 މެޗުން 38 ޕޮއިންޓާއެކު ތިންވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay