logo
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް

މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ރެއާލް މެޑްރިޑް އެކަކަށް

profile

ހަފްސީ އަބްދުﷲ - 03 ޖެނުއަރީ 2025 - 22:50

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނަ އަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

https://wamco.com.mv/

ރެއާލް މެޑްރިޑް ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލީ 2-1 ން ވެލެންސިޔާ ބަލިކޮށްގެންނެވެ. 1-1 ން އެއްވަރުވާން ދިޔަ މެޗުން ރެއާލް މޮޅު ކޮށްދިނީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ބެލިންގހަމް ލަނޑު ޖަހައިގެންނެވެ. މެޗުގެ ދެވަނަ ހާފްގައި ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުޞަތު ބެލިންގހަމް އަތުން ބޭކާރު ވިއެވެ. އެއީ އެމްބާޕޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ނާކާމިޔާބު ވެގެންނެވެ. އޭރު ވެލެންސިޔާގެ ހޫގޯ ޑޫރޯ ފުރަތަމަ ހާފްގައި ޖެހި ލަނޑުން ކުރީގައި އޮތީ ވެލެންސިޔާ އެވެ. ޕެނަލްޓީގެ ފަހުން ރެއާލްގެ އެމްބާޕޭ ގޯލެއް ޖެހިނަމަވެސް ވީއޭއާރުން ނިންމީ އޮފްސައިޑް ކަމަށެވެ.

1-0 ން ފަހަތުގައި ވަނިކޮށް, ރެއާލް އަށް އިތުރު މައްސަލައެއް ކުރިމަތިވީ ވިނީޝިއުސް ޖޫނިއަރ އަށް 79 ވަނަ މިނިޓްގައި ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ ވެލެންސިޔާ ކީޕަރަށް ކުރި ފައުލަކަށް ދެއްކި ރަތްކާޑެކެވެ. އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް, 85 ވަނަ މިނިޓްގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލަކަށް ނިކުމެ މޮޑްރިޗްއެވެ. ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ބެލިންގހަމް އެވެ. އޭގެފަހުންވެސް ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ވެލެންސިޔާ ދިޔައެވެ.

މެޗުން މޮޅުވުމުން ރެއެާލް މެޑްރިޑް އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އެއީ 19 މެޗުން 43 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 18 މެޗުން 41 ޕޮއިންޓާއެކުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay