logo

ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފި

profile

އައިމިނަތު ރޫޔާ - 26 ނޮވެމްބަރު 2024 - 14:40

ކޮމިޓީގެ އަޣުލަބިއްޔަތުން ފުއާދު ތައިލެންޑްގެ ސަފީރުކަމަށް ފާސްކޮށްފި-- ފޮޓޯ: މަޖިލިސް

ކޮމިޓީގެ އަޣުލަބިއްޔަތުން ފުއާދު ތައިލެންޑްގެ ސަފީރުކަމަށް ފާސްކޮށްފި-- ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު، ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގެ 9 މެންބަރުންގެ ވޯޓާއެކު ފުއާދު އައްޔަންކުރުމަށް ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ވަނީ ފުއާދަކީ ދައުލަތަށް ވަރަށް ގިނަގުން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ތަޖުރިބާކާރު ބޭފުޅެއްކަން ފާހަގަކޮށްފައެވެ.

ރާއްޖެއިން ތައިލެންޑްއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް މއ. ތަޅަމުދިގެ ފުއާދު ތައުފީގު އައްޔަން ކުރަން، ފުއާދުގެ ނަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އީސީގެ ގަވައިދު ބުނާގޮތުންނަމަ ދެ ދައުރަށްވުރެ އިތުރަށް އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތެއް ނުކުރެއްވޭނެއެވެ. އެހެންކަމުން ދެ ދައުރު ހަމަވުމާއެކު ފުއާދު ވަނީ ވަޒީފާއިން ވަކިވެވަޑައިގެންފައެވެ.

https://int.etukuri.mv/
tel:+9607331319