logo

ކުޅިވަރު ތަރައްގީ ކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާ ކޮށްގެން: މެމްބަރު ޝުޖާއު

profile

އައިމިނަތު ރޫޔާ - 26 ނޮވެމްބަރު 2024 - 10:45

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ---- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ---- ފޮޓޯ: މަޖިލިސް

ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާކުރެވޭ ދުވަހަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މެންބަރު ވިދާޅުވީ ކުޅިވަރު ތަރައްގީ ކުރެވޭނީ އެ ސަރުކާރު، މި ސަރުކާރު ކިޔުން ހުއްޓާލައި، ސިޔާސީ ވަކިތަކުން ކުޅިވަރު ސަލާމާތްކޮށްގެން ކަމަށެވެ.

ޝުޖާއު ވިދާޅުވީ ނިމިދިޔަ ސަރުކަރުން ހުށަހަޅާފައިވާ މިއަހަރުގެ ބަޖެޓުން ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅިވަރަށް ހޭދަތައް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށްރަށަށް ފުޓްބޯޅައެއް ހިސާބެއްވެސް ދެވޭކަށް ނެތް، އެކަމަކު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް މި ހުންނަވަނީ ބޮޑު މާސިންގާ އެޕާޓްމެންޓްގަ." މެމްބަރު

ޝުޖާއު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ހުންނަ ޒުވާނުންގެ މަރުކަޒުތައް ނުހިންގާ ކަމަށާއި، ޒުވާނުންނަށް ދެވޭ ޚިދުމަތްތަކެއް ނެތް ކަމަށެވެ.

މީގެއިތުރުން މެންބަރު ވިދާޅުވީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އުއްމީދީ ބަޖެޓެއް ކަމަށާއި ކުޅިވަރާއި ބެހޭ ބިލަށް މިގެނެވޭ 89 އިސްލާހުން ކުޅިވަރު އެހެން ހަރުފަތްތަކަށް ގެންދެވޭނެ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319